ކީރިތި ގްރުއާނާ ބެހޭ މަރުކަޒުގެ ޑިރެކްޓަރަކަށް ހުންނެވި އަބްދުލް އަޒީޒު ހުސައިން (އަޒީބެ) އަރަބިއްޔާ ސްކޫލުގެ އެޑްމިނިސްޓްރޭޓާ އަކަށް ބަދަލުކުރައްވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އަޒީ އަރަބިއްޔާ ސްކޫލުގެ އެޑްމިނިސްޓްރޭޓާ އަކަށް ބަދަލުކުރީ މި މަހު ކުރީކޮޅު ކަމަށެވެ.

ގްރުއާނާ ބެހޭ މަރުކަޒުގެ ޑިރެކްޓަރަކަށް އަޒީބެ ހުންނެވި އިރު އޭނާ ވަނީ އެ މަރުކަޒުގެ ހިންގުން ހަރުދަނާކޮށް އަތޮޅު ތެރޭގައި ވެސް ގިނަ މުބާރާތްތަކެއް ބާއްވަފަ އެވެ.