ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިސާމް ސަން އަށް ވިދާޅުވީ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ނިހާޔަތު އައްޔަން ކުރެއްވީ މިއަދު ހެނދުނު ކަމަށެވެ.

ގިނަ އަހަރުތަކެއް ވަންދެން ސިވިލް ކޯޓުގެ ގާޒީކަން އަދާކުރެއްވި ނިހާޔަތު ގާޒީކަމުން އިސްތިއުފާދެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ނިހާޔަތު އެސިސްޓެންޓު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމާ އެކު އެ މަގާމުގައި ތިއްބެވި ބޭފުޅުންގެ އަދަދު ވަނީ ތިނެކަށް އަރާފައެވެ. އެ މަގާމުގައި ތިއްބެވި އަނެއް ދެ ބޭފުޅުންނަކީ ހުސައިން ނާޝީދާއި ޖިހާދާ އަނީސްއެވެ.