ހައިދަރުއާބާދު (ޖެނުއަރީ 17): މިދިޔަ ނޮވެމްބަރު މަހު އިންޑިއާގެ ތިރުޕަތީ އެއާޕޯޓުގައި އެއާ އިންޑިއާގެ މުވައްޒަފެއްގެ މޫނު މަތީގައި ޖެހުމުގެ ސަބަބުން އަންދުރަ ޕްރަދޭޝްގެ މަޖިލިސް މެމްބަރެއް ކަމަށްވާ ޕީ މިތުން ރެޑީ އިއްޔެ ހައްޔަރުކޮށްފި އެވެ.

އެއާ އިންޑިއާގެ މުވައްޒަފެއް ކަމަށްވާ ރާޖޭޝް ޝޭކަރު ބުނި ގޮތުގައި އޭނާ އަށް ރެޑީ އާއި އޭނާ އަށް ތާއިދު ކުރާ ބަޔަކު ހަމަލާދިނީ، ރެޑީގެ އާއިލާއަށް ބޯޑިން ޕާސް ދިނުމަށް އިންކާރު ކުރުމުންނެވެ. ރެޑީގެ އާއިލާއަށް ބޯޑިން ޕާސް ނުދިނީ އެމީހުން މާލަހުން އެއާޕޯޓަށް އައުމުން ކަމަށް ވެސް ރާޖޭޝް ބުންޏެވެ.

ރެޑީ ނިސްބަތްވާ އަންދުރަ ޕްރަދޭޝްގެ ކޮންގްރެސް ޕާޓީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އެއީ ސިޔާސީ ބޭނުމަށް ޓަކައި ފަތުރާ ދޮގު ތުހުމަތުތަށް ކަމަށް ބުނެފަ އެވެ. ނަމަވެސް، ރެޑީއާއި އިތުރު ބަޔަކު ރާޖޭޝް ވަށާލާ، އިންޒާރުދޭ މަންޒަރު އެއާޕޯޓުގެ ސީސީޓީވީން ފެނެ އެވެ. މީގެ އިތުރުން، ރާޖޭޝްއަށް އަނިޔާކޮށްފައިވާކަން އޭނާގެ މެޑިކަލް ރިޕޯޓުން ވެސް ދެއްކި އެވެ.

އެމައްސަލަ ތަހުގީގު ކުރުމަށް ޓަކައި ރެޑީ ވަނީ 14 ދުވަހުގެ މުއްދަތަށް ޖަލަށް ލައިފަ އެވެ. (އެންޑީޓީވީ)