ޒުވާނުންތަކެއް މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އަށް ސޮއިކޮށްފި އެވެ.

އެމްޑީއޭގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ޕާޓީއާ އަލަށް ގުޅުނު ޒުވާނުންގެ ފޯމުތަކާ ޕާޓީގެ ފަރާތުން ހަވާލުވީ، އެމްޑީއޭގެ ރަޖިސްޓްރާ މުހައްމަދު އުމަރު އާއި ޔޫތު ލީގުގެ ރައީސް އަހުމަދު ރީހާން އެވެ.

އެގޮތުން އެމްޑީއޭ އާ އަލަށް ގުޅުނު 52 ޒުވާނެއްގެ ފޯމު އެޕާޓީއާ މިއަދު ހަވާލުކޮށްފައި ވެއެވެ.

އެމްޑީއޭގެ ޔޫތު ލީގުގެ ރައީސް މީގެ ކުރިން ވިދާޅުވީ، ކޮންމެ ދުވަހަކުވެސް އެތައް ޒުވާނުންނެއް އެމްޑީއޭ އާ ގުޅެމުން އަންނަ ކަމަށާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވެގެން ދާނީ މިއަދުގެ ސަރުކާރު ނަގަހައްޓާނެ މައި ތަނބަށް ކަމަށެވެ.