ސާޖަރީއެއް ހެދުމަށްޓަކައި އިގިރޭސިވިލާތައް ދިޔުމުގެ ހުއްދަ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސަރުކާރުން ދީފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދައަކަށް އެދި ކުރީގެ ރައީސް ނަޝީދު އެދިވަޑައިގެންފައި ވަނީ އެމަނިކުފާނުގެ މައިބަދައަށް ލިބިފައިވާ ގެއްލުމަކަށް ފަރުވާ ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ކުރުމަށް ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ޓީމުން މީގެކުރިން ވަނީ ބުނެފައެވެ.