Last Updated:
10 year 10 month ago

ފުލްޓައިމް: ރާއްޖެ 1-1 ބަހްރެއިން

    ބުލޮގު ޚުލާސާ

    ބަންގަބަންދު ގޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ބަހްރޭއިނާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!

    15:53

    މި ނަތީޖާއާއެކު 3 މެޗުން ޖުމުލަ 7 ޕޮއިންޓް ލިބިގެން ރާއްޖެ މިވަނީ ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ގޮސްފައި. 3 މެޗުން 5 ޕޮއިންޓް ލިބިގެން ބަހްރެއިންއަށް ވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގައެއް ކަށަވަރު ވެފައި.

    ސެމީގައި ރާއްޖޭ ނުކުންނާނީ ނޭޕާލާ ދެކޮޅަށް. ބަހްރެއިން ނުކުންނާނީ ބަނގުލަދޭޝްގެ ސީނިއަރ ޓީމާ ދެކޮޅަށް.

    މިގްރޫޕްގައި ދެން މިއަދު ކުޅޭ މެޗުގައި ވާދަކުރާނީ، ކެމްބޯޑިއާ އާއި ބަނގުލަދޭޝްގެ އޮލިމްޕިކް ޓީމް.

    15:53

    މެޗު ނިމިއްޖެ.

    15:49

    މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރުވަގުތުގެ ގޮތުގައި 4 މިނިޓް ދައްކައިފި.

    15:48

    މި މެޗުގެ ނަތީޖާ ހަމަހަމަކޮށްލެވުނަސް ބަހްރެއިންއަށް ރާއްޖެއާއެކު ސެމީގެ ޖާގައެއް ކަށަވަރުވާނެ. އެހެން ނަމަވެސް މިނަތީޖާ އަކީ ބަންގާޅު ޓީމަށް އުފާވެރި ޚަބަރަކަށް ނުވާނެ.

    15:46

    މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ 3 މިނިޓް.

    15:43

    މިދިޔަ އަހަރު ބަހްރެއިންގެ 23 އަހަރުން ދަށުގެ ގައުމީ ޓީމާއި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު، އޭއެފްސީ އޭޝިއަންކަޕް 23 އަހަރުން ދަށުގެ ކޮލިފިކޭޝަން ރައުންޑުގައި ބައްދަލުކުރި މެޗު 3-0 ލަނޑުން ކާމިޔާބުކޮށްފައި ވަނީ، ބަހްރެއިން. އެހެން ނަމަވެސް މިހާރު ރާއްޖޭ ޓީމުން މިވަނީ ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށްފައި.

    15:39

    މެޗުގެ 80 މިނިޓްގެ ކުޅުން ނިމިއްޖެ. ކޮންމެ ޓީމެއް ވެސް މިވަނީ އެއް ލަނޑު ޖަހާފައި. ބޯލް ޕޮޒިޝަނަށް ބަލާއިރު، ރާއްޖެ %54 ބަހްރެއިން %46.

    15:35

    ނާއިޒް ބޯޅަ ހިފައިގެން ބަހްރެއިން އޭރިޔާތެރެއަށް ވަންނަނިކޮށް އޭރިޔާގެ ބޭރުން އެޓީމުގެ ސަލްމާން އަބްދުﷲ ނާއިޒަށް ފައުލުކުރުމުން ރާއްޖެއަށް ހިލޭ ޖެހުމެއް.

    15:32

    ބަހްރެއިން ޕެނަލްޓީ އޭރިޔާ ބޭރުން ރާއްޖެއަށް ލިބުނު ހިލޭ ޖެހުން ފޮނުވާލީ ސެންޓޭ. ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ ވަރަށް ބޮޑަށް މަތިން ބޭރަށް.

    15:31

    އަންސާރު ބޯޅަ ހިފައިގެން ބަހްރެއިން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަންނަން ދަނިކޮށް ބަހްރެއިން ކުޅުންތެރިއެއްގެ ފައިގައި އަޅައިގަނެފައި ވެއްޓުނީ. ރާއްޖެއަށް ހިލޭ ޖެހުމެއް.

    15:26

    ފައިސަލްގެ ފަރާތުން މޮޅު ސޭވެއް. ބަހްރެއިންގެ އަބްދުލްއަޒީޒް އުބައިދީއަށް ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރޭން ލިބުނު ބޯޅަ އޭނާ ވަރަށް ރީތިކޮށް ކޮންޓްރޯލްކޮށްލާފައި ގޯލަށް ބޯޅަ ފޮނުވާލަން މަސައްކަތްކުރި. އެހެންނަމަވެސް ފައިސަލް ވަރަށް ހުށިޔާރުކަމާއެކު އޭނާއަތުން ބޯޅަ ދަމައިގަތީ.

    15:23

    ރާއްޖޭ ޓީމުން ބަދަލެއް. އާއްކޮގެ ބަދަލުގައި ކުޅެން އެރީ ނާއިޒް ހަސަން (ދާދު)

    15:22

    ބަހްރެއިން ކުޅުންތެރިއަކަށް އަނިޔާވެގެން ބަދަލުކޮށްފި. އަނިޔާވި ޑިފެންޑަރު އަލީ ހުސައިންގެ ބަދަލުގައި ކުޅެން އެރީ ނާސިރު އަލްގަސްމީ.

    15:17

    ބަހްރެއިން ލަނޑު ޖަހައިފި. އެޓީމަށް ލަނޑު ޖަހައި ދިނީ، އަންވަރު އަލީ.ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރެއަށް ބަހްރެއިންގެ ކެޕްޓަން އަޒީޒް ހުރަސްކޮށްލި ބޯޅަ އަންވަރު ބޮލުން ޖަހައި ގޯލަށް ފޮނުވާލީ.

    15:15

    އާއްކޮ ވަރަށް ރީތިކޮށް ބަހްރެއިން ޕެނަލްޓީ އޭރިޔާ ތެރޭން އަޑޭއަށް ޖައްސާލި ބޯޅަ، އޭނާ ގޯލަށް ފޮނުވާލި ނަނަވެސް ބޯޅަ ދިޔައީ މާމަތިން.

    15:12

    ބަހްރެއިންގެ މުހައްމަދު އަލްނާރު ބޯޅަ ހިފައިގެން ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލަން މަސައްކަތްކުރި. އެހެން ނަމަވެސް ރާއްޖޭ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޯޅަ ބޭރު.

    15:10

    މި މެޗުގައި އީސައާއި ހަމްޕުގެ ޕާޓްނާޝިޕް ވަރަށް ރަނގަޅަށް ފެނިގެން ދަނީ.

    15:08

    ހަމްޕު ވަރަށް ރީތިކޮށް ބަހްރެއިން އޭރިޔާ ތެރޭން އީސައަށް ޖައްސާލި ބޯޅަ، އީސައަށް ލިބުނު އިރު އޭނާ ހުރީ އޮފްސައިޑްގައި.

    15:05

    ބަހްރެއިން ޓީމުން ދެވަނަ ހާފަށް ނުކުތީ ބަދަލަކާއެކު. އުބާދު އަލްޣުނައިމީގެ ބަދަލުގައި ކުޅެން އެރީ، އަބްދުލް އަޒީޒް އުބައިދީ.

    15:03

    ދެވަނަ ހާފް ފަށައިފި.

    15:03

    ދެވަނަ ހާފްގެ ކުޅުން ފަށަން ދެ ޓީމުގެ ކުޅުންތެރީން ދަނޑަށް ނުކުމެއްޖެ.

    14:49

    ފުރަތަމަ ހާފް ނިމިއްޖެ.

    14:47

    ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި 1 މިނިޓް ދައްކައިފި.

    14:44

    ހަމްޕު ވަރަށް ރީތިކޮށް ބޯޅަ ހިފައިގެން ބަހްރެއިން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ރާއްޖޭ ކުޅުންތެރިއަކަށް ނުލިބުނު. ބަހްރެއިން ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރު.

    14:42

    ބަހްރެއިން ކުޅުންތެރިއަކަށް ފައުލުކުރުމާ ގުޅިގެން ސެންޓޭއަށް ރީނދޫ ކާޑެއް ދައްކައިފި.

    14:41

    ފުރަތަމަ ހާފްގެ 40 މިނިޓް ކުޅެވިއްޖެ. ރާއްޖެ މިވަނީ ލީޑް ނަގާފައި. މެޗުގެ 18 ވަނަ މިނިޓްގައި ރާއްޖޭ ޓީމަށް ލަނޑު ޖަހައިދިނީ އާއްކޮ.

    14:38

    ރާއްޖޭ ޓީމުގެ ފުރަތަމަ 11:

    • ސަމޫހު އަލީ.

    • އަހްމަދު އަބްދުﷲ.
    • އަހްމަދު އިމާޒް.
    • އިސްމާއީލް އީސާ.
    • އަސްހަދު އަލީ (ކެޕްޓަން).
    • އަލީ ފާސިރު.
    • ހަމްޒާ މުހައްމަދު.
    • އަދުނާން މުރުޠަލާ.
    • އަންސާރު އިބްރާހީމް.
    • ސާއިފް މުހައްމަދު.
    • މުހައްމަދު ފައިސަލް (ގޯލްކީޕަރު).
    14:37

    ހަމްޒާ މުހައްމަދު (ހަމްޕު) ބޯޅަ ހިފައިގެން ބަހްރެއިން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، އޭރިޔާ ބޭރުގައި ހުރި އީސައަށް ޖައްސާލި ބޯޅަ އީސަ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެއް ގޯލަށް ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށް.

    14:35

    ރާއްޖޭ ހާފްގެ މެދެއްހާ ހިސާބުން ބަހްރެއިންއަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމު ކުޅުންތެރީން ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.

    14:20

    ރާއްޖެ ލަނޑު ޖަހައިފި. ލަނޑު ޖަހައި ދިނީ އަހްމަދު އިމާޒް (އާއްކޮ)ބަހްރެއިން އޭރިޔާ ތެރޭން އިސްމާއީލް އީސަ ވަރަށް ރީތިކޮށް ގޯލަށް ފޮނުވާލި ބޯޅަ އެޓީމުގެ ކީޕަރު އަތުގައި ޖެހިފައި ބޭރަށް ނުކުތްވަގުތު ލިބުނީ އާއްކޮއަށް. އާއްކޮ ވަރަށް ރީތިކޮށް ގޯލްތެރެއަށް ބޯޅަ ފޮނުވާލީ.

    14:17

    މިއަދުގެ މެޗަށް ރާއްޖެ ނުކުތް އިރުވެސް ވަނީ ކުޅުނު 2 މެޗުން ޖުމުލަ 6 ޕޮއިންޓް ލިބިގެން ގްރޫޕް "ބީ"ގެ އެއްވަނައިގައި ސެމީގެ ޖާގައެއް ކަށަވަރުވެފައި.

    14:15

    މެޗުގެ 13 މިނިޓްގެ ކުޅުން ނިމުނު އިރު އަދި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ.

    14:15

    މިހާރު މެޗު ފަށައިގެން ކުރިއަށްދަނީ.