16 Jan 2016, 13:40
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދިނުމަށް ފަހު ދޫކޮށްލައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ފަރުވާދިމުމަށް ފަހު މެޑަމް ފާތުން ދޫކޮށްލާފައި ވަނީ މިއަދު އެވެ.
މިކަމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް ކޮމެޓެއް ނުރި އެވެ. ނަމަވެސް އައިޖީއެމްއެޗުން ވަނީ މެޑަމް ފާތުން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދިންކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްވެރިން ދަތުރުފުޅު ކުރައްވަމުން ދަނިކޮށް ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާގައި އެކަމަނާގެ މައިބަދައިގެ ހަތަރު ތަނަކުން ރެނދުލާފައިވާތީ ގިނަ ދުވަސްތަކެއްވަންދެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން އެކަމަނާ އަށް މީގެ ކުރިން ވެސް ވަނީ ފަރުވާދީފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބީބު ވިދާޅުވީ މެޑަމް ފާތުންގެ ސިއްހީ ހާލުކޮޅާ ބެހޭގޮތުން މައުލޫމާތު ދެއްވާނީ ރައީސް އޮފީހުން ކަމަށެވެ.