ސާދަސަތޭކަ ތިރީސް ހަ ވަނަ އަހަރު ބޭއްވި އެމްވީޓީވީ ޖިލްބާބް ގްރުއާން މުބާރާތުގެ އެއްވަނަ ދެ ދަރިވަރު ހޯދައިފި އެވެ.

އެމްވީޓީވީ ޖިލްބާބް ޤުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެމްވީޓީވީ ޖިލްބާބް ޤުރުއާން މުބާރާތުގެ މުޅި މުބާރާތުން އެއްވަނަ ހޯދާފައި ވަނީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ފަރާތުން ބައިވެރިވި ރިފްދާ މުހައްމަދު ރަޝީދު އާއި އިސްކަންދަރު ސްކޫލްގެ ފަރާތުން ބައިވެރިވި އިބްރާހީމް ރަބީޠު ޠާހާ އެވެ.

އެމްވީޓީވީ ޖިލްބާބް ޤުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުން

ޖުމްލަ 434 ދަރިވަރުން ބައިވެރިވި އެ މުބާރާތުގެ މަދަޙަ ކިޔުމުގެ ބައިން، އެއްވަނަ ތިން ދަރިވަރަކު ހޯދާފައިވެ އެވެ. އެމްވީޓީވީ މަދަހަ މުބާރާތުގެ މުޅި މުބާރާތުން އެއްވަނަ ހޯދި ދަރިވަރުންނަކީ އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ފަރާތުން ބައިވެރިވި މުހައްމަދު އަކްމަލް ނަސީރު އާއި އަމިއްލަ ގޮތުން ބައިވެރިވި ދެ ދަރިވަރުން ކަމުގައިވާ އައިޝަތު ސަނާން ޝާހިދު އާއި އައިޝަތު އަފާ އަސްލަމް އެވެ.

އެ ރަސްމިއްޔާތުގައި ޤުރުއާން މުބާރާތުގެ ޖުމްލަ ހަތް ކެޓަގަރީ އާއި މަދަހަ މުބާރާތުގެ ޖުމްލަ ތިން ކެޓަގަރީން ޓްރޯފީ އާއި ސެޓްފިކެޓް ދީފައިވެ އެވެ.

އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް އެވެ.