16 Jan 2016, 13:02
އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސްވަޔާ މިއަދު ހަވީރު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
Minister of State at the Foreign & Commonwealth Office of UK, Rt Hon@HugoSwirewill arrive in Maldives this evening on 2-day official visit
— MFA-Maldives (@MDVForeign)January 16, 2016
އެ ދަތުރުފުޅުގައި އެމަނިކުފާނު ދިވެހި ސަރުކާރުގެ އިސް ބައެއް އޮފިޝަލުންގެ އިތުރުން، އިދިކޮޅު ސިޔާސީ ލީޑަރުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
ސްވަޔާ މިއަދު ރާއްޖެ ވަޑައިގަންނަވަނީ އެމަނިކުފާނު އަވައްޓެރި ލަންކާ އަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެވެ.
ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި ސްވަޔާ ވަނީ ލަންކާ ސަރުކާރުގެ އިސްވެރިންނާއި އިދިކޮޅު ސިޔާސީ ލީޑަރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.