16 Jan 2016, 13:04
ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ އަނިލް ގަންގޫލީ މަރުވެއްޖެ އެވެ.
އޭނާ މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މަރުވިއިރު އުމުރަކީ 82 އެވެ.
ގަންގޫލީ ވަނީ ޑައިރެކްޓަރެއްގެ އިތުރުން ސްކްރީން ރައިޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އޭނާ ވަނީ 1970 ވަނަ އަހަރުން ފެށިގެން 90 ގެ އަހަރުތަކާ ހަމައަށް މޮޅެތި ފިލްމުތަކެއް ޑައިރެކްޓު ކޮށްދީފަ އެވެ.
އެގޮތުން ގަންގޫލީ ޑައިރެކްޓު ކުރި "ކޯރާ ކާގަޒް" އަދި ތަޕަސްޔާ" އިން އޭނާ ވަނީ ނޭޝަނަލް އެވޯޑު ހާސިލް ކޮށްފަ އެވެ.
ހަމައެހެންމެ އޭނާ ވަނީ ފިލްމު ފެއާ އެވޯޑުގެ ބެސްޓް ޑައިރެކްޓަރަކަށް ވެސް ނޮމިނޭޓު ވެފަ އެވެ.
ގަންގޫލީ ޑައިރެކްޓު ކުރި ފިލްމުތަކުގެ ތެރޭގައި ސާހެބް، ޓްރިޝްނާ، ޚާންދާން، ބަލީދާން ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.