16 Jan 2016, 11:17
އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސާގެ މަގާމަށް، ޖެންޑަ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ސިދާތާ ޝަރީފް ހަމަޖައްސައިފި އެވެ.
ސިދާތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސަކަށް ހަމަޖައްސާފައިވާ އިރު އެ ޕާޓީގެ އެހެން ބައެއް އިސް މަގާމުތަކަށް ވެސް ވަނީ ބަދަލުގެނެސްފަ އެވެ.
އަދާލަތު ޕާޓީގެ ބައެއް މަގާމުތަކަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ދެވަނަ ދައުރުގެ 96 ވަނަ ބައްދަލުވުމުގަ އެވެ.
Adhaalath Partyge Mashvara Majlihuge nimmunpic.twitter.com/V0IrMBbX02
— Adhaalath Party (@AdhaalathOffice)January 16, 2016
އެގޮތުން އެ ޕާޓީގެ ދިރާސާ ކުރުމާއި ފޮތް އެކުލަވާލުމާ ބެހޭ ކޮމިޓީގެ ރައީސް ކަމަށް އަހްމަދު ނަޝީދު ވަނީ ހަމަޖައްސާފަ އެވެ.
އޭގެ އިތުރުން މައުލޫމާތު ފެތުރުމާ މީޑިއާ އާބެހޭ ކޮމިޓީގެ ރައީސް ކަމަށް އަލީ ނަޒީރު، އަދި ރަޖިސްޓްރާގެ ނައިބުގެ މަގާމަށް ހުސައިން ވަފީރު ވަނީ ހަމަޖައްސައިފަ އެވެ.