ޕީޕީއެމްގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

އޭޑީކޭގައި މިވަގުތު ހުރި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބުު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ ނިހާން އޭޑީކޭއަށް ގެނައީ މިއަދު ހުކުރުން ފައިބައިގެން އައިތަނުން އޭނާގެ ބަޑަށް ތަދެއް އަރައިގެން ކަމަށާއި އުންމީދުކޮށްގެން ތިބީ ހަވީރު ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް އައިސީޔޫއަށް ނިހާން ބަދަލު ކުރުމުން މީޑިއާގައި އެ ވާހަކަ ފެތުރެން ފެށީ ކަމަށެވެ.

ނިހާންގެ ހާލު ސީރިއަސްވުމުން، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރުން ގެންދިއުމުގެ ހުއްދައެއް އަދި ނުދެ އެވެ. އެނގިފައިވާ ގޮތުގައި ވަރަށް އަވަހަށް ނިހާންގެ އަޮޕަރޭޝަނެއް އޭޑީކޭގައި ކުރާނެ އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާނަށް އައިސީޔޫގައި ފަރުވާ ދޭތީ، މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އިސް ވެރިންތަކެއް އޭޑީކޭގައި އެބަ ތިއްބެވި އެވެ.