15 Jan 2016, 14:06
ޕާމް ބީޗު ރިސޯޓުގައި މޫދަށް އެރި އުޅުނު އިޓަލީ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އޭނާ މަރުވެފައި އޮއްވާ ފެނުނީ ހެނދުނު 10:00ގައި ކަމަށެވެ. އަދި އެއީ އިޓަލީގެ ރައްޔިތެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ ޕާމް ބީޗު ރިސޯޓުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން ދާ ކަމަށާއި އަދި އިތުރަށް އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
މަރުވެފައި އޮށްވާ ފެނުނު އިޓަލީގެ އަންހެން މީހާގެ އުމުރެއް އޮފިޝަލް ހާމައެއް ނުކުރެ އެވެ.