އަށާރަ އަހަރުގެ ކުޅުންތެރިންތަކެއް ގެނައުމުގައި ފީފާގެ ގަވާއިދުތަކާ ހިލާފު ވެފައި ވާތީ ސްޕެއިންގެ ރެއާލް މެޑްރިޑާއި އެތުލެޓީކޯ މެޑްރިޑަށް އެއް އަހަރު ތެރޭގައި އާ އެއްވެސް ކުޅުންތެރިޔަކު ނުގެނެވޭނެ ގޮތަށް ފީފާއިން އެ ދެ ތީމަށް އަދަބު ދީފި އެވެ.

ނަމަވެސް މިހާރު ހުޅުވިފައިވާ ޓްރާންސްފާ ޕީރިއަޑްގައި މިއަދަބު ތަންފީޒު ނުވާނެ ކަމަށް ފީފާއިން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ބާސެލޯނާ އިން ވެސް 18 އަހަރުން ދަށުގެ ކުޅުންތެރިތަކެއް ގެނައުމުގައި ފީފާގެ ގަވާއިދުތަކާ ޚިލާފް ވެފައިވާތީ ފީފާއިންވެސް ވަނީ ބާސާއަށް ވެސް އެއްހަރު ދުވަހަށް އަދަބުދީފައެވެ.

ބާސާގެ އަދަބު މުހުލަތު ހަމަވެފައި ވަނީ މިމަހު އެއް ވަނަ ދުވަހުއެވެ.

ޓްރާންސްފާގެ ބޭންއާއެކު ފީފާއިން ވަނީ ދެ ކުލަބު ވެސް ނުވަ ލައްކަ ސްވިސް ފްރޭންކުންނާއި އަދި 360000 ސްވިސް ފްރޭންކުން ޖޫރިމަނާ ކޮށްފައެވެ.

ފީފާއިން ވަނީ މައްސލަ އެޕީލް ކުރުމަށް 90 ދުވަސް ދެ ކުލަބަށް ވެސް ދިފަ އެވެ.