ބަންގްބަންދު ގޯލްޑް ކަޕުގައި ބްޚްރޭންގެ ޒުވާން ޓީމުގެ އަބްދުލް އަޒީޒް އަލް ޝައިޙް ކާމިޔާބް ކުރި ހަމަ އެކަނި ލަނޑުން 1-0 ގެ ނަތީޖާއިން ކެމްބޯޑިއާގެ މައްޗައް ބްހްރޭން ކުރި ހޯދައިފިއެވެ.

ބަންގަބަންދު ނޭޝަނަލް ސްޓޭޑިއަމްގައި މިއަދު މެންދުރު ކުޅުނު މެޗުގެ ކުރީކޮޅުގައި ބަޙްރޭން އިން ވަނީ މެޗުގެ ލީޑް ނަގާފަ އެވެ. އެގޮތުން ބަޙްރޭން އަށް ލިބުނު ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބަހްރޭން އިން ވަނީ މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ގޯލް ކާމިޔާބު ކޮށްފަ އެވެ.

އެ ގޯލުގެ އިތުރުން ވެސް ބަހްރޭނަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. ނަމަވެސް އެ ހުރިހާ ހަމަލާތަކެއްގެ ހުރަހަކަށް ވެފައި ވަނީ ކެމްބޯޑިއާގެ ކީޕަރެވެ.

ފުރަތަމަ ހާފުގައި ކެމްބޯޑިއާ އަށް ވެސް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ. އެގޮތުން ބަޙްރޭންގެ ޕެނަލްޓޯ އޭރިއާ ކުރިމަތީ ހުރެ ކެޕްޓަން އަޒީޒް ފޮނުވާލި ބޯޅަ ކީޕަރު ވަނީ އަތުން ޖައްސާ ބޭރުކޮށްލާފަ އެވެ.

ބަޙްރޭންގެ ގޯލަށް ފަހު މެޗުގެ ދެ ވަނަ ހާފުގައި ކެމްބޯޑިއާ އިން ވަނީ އެ މީހުންގެ ކުޅުން ރަނގަޅުކޮށް ބަޙްރޭނަށް ވުރެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. އެގޮތުން ކެމްބޯޑިއާގެ ސައްޔިދު އަހުމަދު ބްޙްރޭންގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ އެ ޓީމްގެ ކީޕަރެވެ.

ކެމްބޯޑިއާއިން އެ މެޗުގައި އުފެއްދި ގިނަ ހަމަލާތަކެއްގެ ވެސް ހުރަހަކަށް ވެގެން ގޮސްފައި ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބަޙްރޭންގެ ގޯލް ކީޕަރެވެ.