14 Jan 2016, 16:14
ދައުލަތަށް ޓެކްސް ނުދެއްކި މީހެއްގެ މައްޗަށް ފުރަތަމަ ފަހަރަށް ޖިނާއީ ދައުވާއެއް އުފުލައިފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ތޯހާ ރަފީއު ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ދައުވާ އުފުލައި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އޭނާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށުގެ ދައުވާ އެވެ.
އެއީ 2012 ވަނަ އަހަރު އޭނާ ދައުލަތަށް ދައްކަންޖެހޭ 800،000 ރުފިޔާ އާއި 2،000،000 ރުފިޔާ ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކާފައި ނުވާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.