ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކުރާމް އަބްދުއްލަތީފްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ، އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ އެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.

އިކްރާމްގެ މައްޗަށް ތުހުމަތުކޮށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކީ ޕީއެސްއެމް އިން ނެރޭ ހަފްތާ މަޖައްލާ "މާލްދީބު" ޕްރިންޓު ކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އިކްރާމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ހަވާލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މިކަމާ ބެހޭ ގޮތުން އިކުރާމުގެ ބަހެއް އަދި ޕީއެސްއެމްގެ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ.