ޓެރަރިޒަމް ހުއްޓުވުމަށް މި ސަރަހައްދުގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނު މިހެން ވިދާޅުވީ ސްރީލަންކާގެ ފޮރިން މިނިސްޓަރު ސަމަރަވީރައާއި އެ ގައުމުގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނަޔަކަ އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރާއްޖެ އާއި ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން، އެކި ދާއިރާތަކުން ބަދަހިކުރުމާ ބެހޭ ގޮތުން އެ ދެ ބޭފުޅުންނާ ރައީސް ޔާމީނު މަޝްވަރާކުރެއްވި ކަމަށް ވެސް އެއޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ލަންކާގެ ދެ މިނިސްޓަރުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ އެގައުމާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށް ކުރަން ޖެހޭ ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ލަންކާގެ ދެމިނިސްޓަރުންގެ އިހުތިރާމްގެ ޒިޔާރަތުގައި ބޭއްވެވި ބަދަލުވުމުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި މައުމޫނާއި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު މުޙައްމަދާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީ މުޙައްމަދު ނަސީރު ބައިވެރިވެވަޑައިގެންނެވި އެވެ.