މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ފާސް ކުރި އެފްއޭއެމްގެ އާ އަސާސީ ގަވާއިދު އެނާނީ ޖެނަލް އާއި ހޯމް މިނިސްޓްރީ އިން ބޭނުންވާ ބަދަލުތައް ގެނައުމަށް ފަހު ހޯމް މިނިސްޓްރީއަށް ފޮނުވިތާ ހަފުތާއެއް ވެފައިވާ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް މިއަދު ސަން އަށް ވިދާޅުވީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބަދަލުތަކަކާ އެކު އެ ގަވާއިދު އެފްއޭއެމް އިން ހޯމް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ އަސާސީ ގަވާއިދު އެޕްރޫވްކޮށްދިންހާ އަވަހަކަށް އަސާސީ ގަވާއިދުގައި އަލުން ހިމެނި މާއްދާތައް ފާސް ކުރުމަށް ކޮންގްރެސްއަކަށް ގޮވާލާނެ ކަމަށާއި އެ ކޮންގްރެސްއަށް ފަހު އަލުން އިންތީޚާބީ ކޮންގްރެސްއަށް ގޮވާލާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ އަސާސީ ގަވައިދު އޭޖީ އަށް ފޮނުވާފައިވާކަން ހޯމް މިނިސްޓްރީ އިން އަންގާފައިވާ ކަމަށާއި އަދި އޭޖީ އިން ވެސް އެއް ދުވަސް ތެރޭގައި ނިންމައިދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް ސަން އެނަގިފައިވާ ގޮތުގައި އޭޖީ އިން މިހާތަނަށް ހޯމް މިނިސްޓްރީ އަށް އެކަމާ ބެހޭ ގޮތުން ވާކި ގޮތެއް އަންގާފައެއް ނުވެ އެވެ.