14 Jan 2016, 11:15
ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގެ ކޮއްޓެއްގައި ގެންގުޅެމުންދިޔަ ދެ ގެރި ފަރުކޮޅުފުއްޓަށް ބަދަލުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ސަން އަށް ވިދާޅުވީ، ހުޅުމާލޭގެ ކޮއްޓެއްގައި ގެންގުޅެމުންދިޔަ ދެ ގެރި މިދިޔަ ހަފްތާގެ ތެރޭގައި ފަރުކޮޅު ފުއްޓަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ގެރިކޮށި ފަރުކޮޅުފުއްޓަށް ބަދަލުކުރީ، ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން ތަރައްގީވަމުން އަންނައިރު އެތަނުގައި ގެރިބަލަން ތިބޭއިރު ނުރައްކާތެރި ކަމެއް ހިނގާފާނެތީ ކަމަށް ސައިމަން ވިދާޅުވިއެވެ.
ސައިމަން ވިދާޅުވީ، ދެން އެ ދެ ގެރި ގެންގުޅެމުންދާތީ ފަރުކޮޅުފުށީގައި އެޗްޑީސީގެ ނާސަރީ ހެދުމަށް ނިންމާފައިވާ ސަރަހައްދުގައި ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ގެންގުޅެފައިވާ އެ ދެ ގެރި ބެލުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު އެތަނަށް ޒިޔާރާތްކުރެއެވެ. ހާއްސަކޮށް އެއީ ކުޑަކުދިންގެ ތެރޭގައި މަގުބޫލް ތަނެކެވެ.