14 Jan 2016, 10:14
މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކުގެ ކުރީގެ ލޯބިވެރިޔާ އަދި ލިޓުލް މިކްސް ބޭންޑުގެ މެންބަރު ޕެރީ އެޑްވާޑްސް، ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަ ދެއެވެ.
ޕެރީ އިންސްޓާގުރާމް ކޮށްފައިވާ ފޮޓޯ ތަކަށް ބަލާއިރު، އޭނާ ރާއްޖެ އައިސްފައިވަނީ އެކުވެރިންނާއެކުއެވެ.
މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ރާއްޖެ އައި ކަމަށް ބެލެވޭ ޕެރީ އާއި އޭނާގެ އެކުވެރިން ޗުއްޓީ ހޭދަކުރަމުން ދަނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.
މަޝްހޫރު ބޭންޑެއް ކަމަށް ވާ ވަން ޑިރެކްޝަންގެ ކުރީގެ މެމްބަރު ޒޭން މާލިކު އާއި ޕެރީ ރުޅިވީ، ހަތަރު އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުގައެވެ.
އޭރު އެ ދެތަރިން ވަނީ އެންގޭޖު ވެސް ކޮށްފައެވެ. އެ ދެތަރިން އެންގޭޖުމަންޓު ރޫޅުނުކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރު އޮގަސްޓު މަހުގައެވެ.
ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރާއި ދިމާކޮށް މަޝްހޫރު ގިނަ ފަރާތްތަކަކުން ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އާދެއެވެ.
އެގޮތުން ދީޕިކާ، ޖެނިފާ ހޮވްކިންސް، ލުޑަކްރިސް އަދި ބެކަމް ފަދަ މަޝްހޫރު ފަރާތްތަކުން ވަނީ ރާއްޖޭގައި އާ އަހަރުގެ ޗުއްޓީ ހޭދަ ކޮށްފައެވެ.