ސްކޫލްތަކުގެ ބަންދު ދުވަސްވަރު ނިމުމާ އެކު މާދަމާ ރެއިން ފެށިގެން ފިހާރަތައް ރޭގަނޑު 10:00 ޖަހާއިރު ބަންދު ކުރަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ފިހާރަތައް ރޭގަނޑު 11:00 ޖަހަންދެން ހުޅުވާފައި ބެހެއްޓުމަށް ވަނީ ވަގުތީ ހުއްދައެއް ދީފަ އެވެ. އެގޮތަށް ހަމަޖެއްސީ ސްކޫލް ޗުއްޓީގައި ފިހާރަތަކަށް ބާރުބޮޑުވެފައި ވާތީ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ މާދަމާ ރެއިން ފެށިގެން ކުރިއެކޭ އެއްގޮތަށް 10:00 ޖަހާއިރު ފިހާރަތައް ބަންދު ކުރަން ޖެހޭނެ ކަމަށެވެ.

ފިހާރަތައް ރޭގަނޑު 10 ޖަހާއިރު ބަންދުކުރާ ގޮތަށް ހަމަޖެއްސީ މިދިޔަ އަހަރު މާޗު މަހުގެ 25 ވަނަ ދުވަހު އެވެ.