16 Apr 2011, 18:50
ގދ. ވާދޫ ފަޅުތެރެ އިން ފުން ހިސާބެއްގައި ޑައިވިން އަށް ގޮސްއުޅުނު އެ އަތޮޅު ފަރެސްމާތޮޑާ، އަނދިރީގެ މުހައްމަދު ޝާހީން މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ވާދު އަށް ލަނޑާ ނަގަން ގޮސްއުޅުނު އުމުރުން 26 އަހަރުގެ ޒުވާނަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ މަރާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ފުލުހުން މީޑިއާއަކާ ހިއްސާއެއް ނުކުރެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ވާދު އަށް ޑައިވިން އަށް ގޮސްއުޅެނިކޮށް މަރުވެފައި ވަނީ ފަރެއްމާތޮޑާ އަށް ނިސްބަތްވާ ޒުވާނެކެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.