14 Jan 2016, 09:13
މާލޭގައި ދުއްވާފަ ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ރޭ 11:00 ޖަހާކަންހާއިރު ބޮޑުތަކުރުފާނު މަގު ނަސަންދުރާ ކައިރިން ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ.
އެކާރުގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ ސިފައިންނެވެ. ސިފައިންގެ މީޑިއާ އޮފިޝަލު ވިދާޅުވިގޮތުގައި އެހާދިސާގައި ކާރަށް އެހާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައިނުވާ އިރު ކާރަށް ވެސް މާކަބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް މަންޒަރުދުށް މީހުން ބުންޏެވެ.
އެކާރުގައި އަލިފާން ރޯވެފައި ވަނީ ކާރުގެ ދަށުން ބޯ ދުންތަކެއް ނިކުތުމަށް ފަހު ކަމަށް މަންޒަރުދުށް މީހުން ބުނެ އެވެ.