ރ. ދުވާފަރުގައި ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓުމަންޓުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެ ރަށުގެ ގެއަކުން ވަޒަންތަކެއް ފެނިއްޖެ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާޅުވީ ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ވަޒަންތަކެއް ފެނުމާ ގުޅިގެން ސިފައިންނަށް އެކަން އަންގާފައިވާ ކަމަށެވެ. ދުވާފަރުން ފެނިފައި ވަނީ ތަމްރީނުތަކުގައި ބޭނުން ކުރާ ލައިވް ވަޒަންތަކެއް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ އެ ރަށުގައި އެކަހަލަ އިތުރަށް އެއްޗެއް ހުރިތޯ ސިފައިން ބަލަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ދުވާފަރުގައި ފުލުހުން ކުރިއަށް ގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަން ވެސް ކުރިއަށްދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.