13 Jan 2016, 13:22
ޖަރުމަނުގެ އެނާޖީ ޑްރިންކެއް ކަމަށްވާ "އެކްސް އެކްސް އެލް" ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.
އައިޓެން އިންޓަނޭޝަނަލް އިން ރާއްޖެއަށް ތައާރަފު ކުރި އެ ޑްރިންކް ލޯންޗުކޮށް ދެއްވީ، އެކަމަށް ޓަކައި ސަލްސާ ރޯޔަލްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފީފާގެ ކުރީގެ ރެފްރީ އަލީ ސަލީމާއި އައިޓެންގެ މެނޭޖިން ޑިރެކްޓަރު އާދަމް ޒާލިފެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިޓެންގެ މެނޭޖިންގް ޑިރެކްޓަރު އާދަމް ޒާލިފު ވިދާޅުވީ، "އެކްސް އެކްސް އެލް"އަކީ ގިނަ ވަގުތު ހަކަތަ ލިބިދޭ ޑުރިންކެއް ކަމަށެވެ.
އަދި އެއީ ޔޫރަޕާއި މެދުއިރުމަތީގައި ވަރަށް މަގުބޫލު ޑްރިންކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...މިއީ ލުބުނާނުގެ އެއްވަނަ އެނާޖީ ޑްރިންކް. އަޅުގަނޑުމެން ޔަގީން މި ޕްރޮޑެކްޓް ރާއްޖޭގައި ވެސް ވަރަށް މަގުބޫލު އެއްޗަކަށް ވާނެ ކަން،" ޒާލިފު ވިދާޅުވި އެވެ.