13 Jan 2016, 11:55
ކުއެޓާ (ޖެނުއަރީ 14): ޕާކިސްތާނުގެ ކުއެޓާގައި ހުންނަ ޕޯލިއޯ ސެންޓަރެއް ކައިރީ ބޮމެއް ގޮވައި 15 މީހަކު މަރުވެ 10 މީހަކު ޒަހަމްވެއްޖެ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ބޮމުގެ ހަމަލާ އަމާޒު ކޮށްފައި ވަނީ ޕޯލިއޯ ސެންޓަރު ކައިރިން ދަތުރުކޮށްފައި ދިޔަ ސަލާމާތީ ފަރާތްތަކުގެ އުޅަނދުތަކަށެވެ. އަދި އެ ބޮމަކީ ޓައިމް ބޮމެއް ކަމަށް ލަފާ ކުރެވެ އެވެ.
"ފަނަރަ މީހަކު މަރުވެފައިވޭ. އޭގެ ތެރޭގައި 12 ފުލުހުންނާއި އެއް އަސްކަރީ ފަރާތް ހިމެނޭ. ދެ މީހުންނަކީ އާއްމުން،" ފުލުހަކު ވިދާޅުވި އެވެ.
އަދި އަނިޔާވެފައިވާ 10 މީހުންނަކީ އާއްމުން ކަމަށް ވެސް އެ ފުލުސް މީހާ ވިދާޅުވި އެވެ. ޒަހަމްވި މީހުންނަށް މިހާރު ދަނީ ހާދިސާ ހިނގި ސަރަހައްދު ކައިރީގައި ހުންނަ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
ފުލުހުން މިހާރު ދަނީ އެހަމަލާ ތަހުގީގު ކުރަމުންނެވެ. (އޭއެފްޕީ)