12 Jan 2016, 17:49
ގއ. ވިލިނގިއްޔަށް ރޭ ބޯކޮށް ވާރޭވެހި ވައިގަދަވެ މޫސުން ގޯސް ވުމުގެ ސަބަބުން ފަޅުގައި އަޅާފައި އޮތް އުޅަނދުތަކުގެ ނަގިލި ކަހާލައި ބައެއް އުޅަނދުތައް ތޮށިގަނޑަށް ލައްވެއްޖެ އެވެ.
ފުލުހުން ބުނީ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގާ ރޭ މެންދަމު 2:30 އެހާކަންހާއިރުން ފެށިގެން އެ ރަށަށް ބޯކޮށް ވާރޭ ވެހިފައިވާ ކަމަށެވެ.
އެގޮތުން ފަޅުގައި އަޅާފައި އޮތް ބައެއް އުޅަނދުތަކުގެ ނަގިލި ކަހާލުމާއި ގުޅިގެންް އުޅަނދުތައް އޮޔާގޮސް އެއްގަމު ތޮށްޓަށް ލައްވާން މެދުވެރިވި ކަމަށެވެ.
އެ ރަށު އާންމު ރައްޔިތުންނާ ފުލުހުން ގުޅިގެން މިހާރު ވަނީ އުޅަނދުތައް ސަލާމަތްކޮށްފަ އެވެ.
މި ޙާދިސާގައި އެއްވެސް އުޅަނދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.