ލޮނުމެދަކީ ހަމައެކަނި ކާ އެއްޗެހީގެ ރަހަ ހެޔޮވަރު ކޮށްދޭ ތަރުކާރީއެއް ނޫނެވެ. އެއީ އެތައް ބަލިތަކެއްގެ ފަރުވާ އެވެ. އެތައް ކަމެއްގެ ހައްލެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒަމާނުއްސުރެ ލޮނުމެދު ބޭނުން ކުރުމުގެ ސިއްރަކީ ވެސް އެއީ ކަމުގައި ވެދާނެ އެވެ.

އެ ތަރުކާރީއަށް ތަފާތު ވައްތަރުތަކުގެ ބެކްޓީރިއާ އާއި ވައިރަލް އަދި ފަންގަލް އާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ގާބިލުކަން ލިބިފައިވެ އެވެ. އެކަމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރަނީ އޭގައި އެކުލެވޭ "އެލިސިން" ކިޔާ މާއްދާއެކެވެ.

އެމެރިކާގެ ވޮޝިންގުޓަން ޔުނިވާސިޓީ އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ކާނާގައި ހުންނަ ބޭކްޓީރީއާއެއްގެ ސަބަބުން ޖެހޭ ވައިރަލް ބަލިތަކަށް ފަރުވާ ހޯދުމަށް، ޑޮކްޓަރުން ދޭ "ދެ" ބާވަތެއްގެ އެންޓިބަޔޮޓިކަށް ވުރެ ލޮނުމެދު 100 ގުނަ މާ އިފެކްޓިވް އެވެ.

އެހެންކަމުން ބަލިތަކުން ފަރުވާ ހޯދުމަށް ވަރަށް ގިނަ މީހުން ލޮނުމެދު ބޭނުން ކުރެ އެވެ. ލޮނުމެދު ބޭނުން ކޮށްގެން ތަފާތު ބާވަތްތަކުގެ ކާނާ އާއި ބުއިން ތައްޔާރު ކުރެ އެވެ.

އެގޮތުން ލޮނުމެދު ބޭނުންކޮށްގެން ތައްޔާރު ކުރާ ސޫޕަކީ ވެސް ފާހަގަ ކޮށްލެވޭ އެއްޗެކެވެ.

ރޯގާ އާއި ހުން އަދި ހޮޑުލުމާއި ބޭރަށް ހިންގުމުގެ އިތުރުން ބޮލުގެ ރިހުމަށް ފަރުވާ ހޯދުމަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ލޮނުމެދު ސޫޕް ބޭނުން ކުރެ އެވެ.

ލޮނުމެދު ސޫޕް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި :

50 ލޮނުމެދު ނުވަތަ ފަސް ބޮޑި ލޮނިމެދު (ތޮށި ނޮޅާފައި)

މޭޒުމަތީ ދެ ސަމްސާ އޮލިވް އޮއިލް

ބޮޑު ދެ ފިޔާ (ކުދިކޮށް ކޮށާފައި)

މޭޒުމަތީ ދެ ސަމްސާ ބަޓަރު

އެއް ސަމްސާ ތާޒާ ތައިމް ފަތް (ކުދިކޮށް ކޮށާފައި)

ހަ ޖޯޑު ޗިކެން ބްރޮތު

ތާޒާ ފަތްކޮޅެއް (ޕާސްލީ، ބޭ ލީފު ތާޒާ ނުވަތަ ހިއްކާފަ ހުރި ފަތް ވިޔަސް ރަނގަޅުވާނެ)

ތިން ޖޯޑު ސްޓޭލް ބްރެޑް (ކުދިކޮށްފައި)

އެއް ޖޯޑު ސޯ ކުރީމް

ތައްޔާރު ކުރާނެ ގޮތް:

އަވަން 180 ޑިގުރީ އަށް ހޫނުކޮށްލާށެވެ. އެއަށް ފަހު ލޮނުމެދުތައް އެލުމިނިއަމް ފޮއިލް އަށް ލާށެވެ. އަދި އެއަށް ކުޑަ އޮލިވް އޮއިލް ކޮޅެއް އެޅުމަށް ފަހު ރޯސްޓު ކޮށްލަން ބައި ގަޑިއެއްހާ އިރު އަވަނުގައި ބަހައްޓާށެވެ. ބައި ގަޑިއިރު ހަމަވުމުން ލޮނުމެދު ނަގާ ހިހޫ ކުރަން ބަހައްޓާށެވެ.

އެއަށް ފަހު ތެއްޔެއްގައި ދެ ސަމްސާ އޮލިވް އޮއިލް އާއި ބަޓަރު ހޫނުކުރަން އުދާށެވެ. އަދި އެއަށް ކޮށާފައި ހުރި ފިޔާ އެއްކޮށްލުމަށް ފަހު 10 ވަރަކަށް މިނިޓް ކައްކާށެވެ.

އަދި ހިހޫ ކުރަން ނެގި ލޮނުމެދުތައް އުލަކުން ޗަސް ކުރުމަށް ފަހު ތެއްޔަށް އަޅާށެވެ. އެއަށް ފަހު ޗިކެން ބްރޮތު އާއި ފަތްކޮޅު އެޅުމަށް ފަހު ކައްކާލާށެވެ.

އެހެންކަމުން ބަލިތަކުން ރައްކާތެރިކޮށް ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ލޮނުމެދު ސޫޕް އާދަކޮށް ބޭނުން ކުރާށެވެ.