12 Jan 2016, 13:01
ފީފާގެ މޮޅު ކުޅުންތެރިޔާ ހޮވަން ރާއްޖޭގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ވޯޓު ލަޔޮނަލް މެސީ އަށް ދިން އިރު ދެވަނަ ކުރިސްޓިއާނޯ ރޮނާލްޑޯއަށް އަދި ތިން ވަނަ ނޭމާ އަށް ދީފިއެވެ.
ދަނގަޑޭގެ ލިސްޓްގައި އެއް ވަނާގައި މެސީ ހިމެނުނު އިރު އޭނާ ވަނީ ވޯޓުގެ 41.33 ޕަސެންޓް ލިބިގެން ދުނިޔޭގެ މޮޅުކުޅުންތެރިއާގެ އެވޯޑް ފަސް ވަނަ ފަހަރަށް އުފުލާލާފައެވެ. ދެ ވަނަ އަށް ދަނގަނޑޭ ވޯޓް ދިން ރޮނާލްޑޯއަށް 27.76 ޕަސެންޓް ވޯޓާއި އެކު ދެވަނަ ލިބުނު އިރު ތިން ވަނަ ނޭމާ އަށް ލިބުނީ 7.86 ޕަސެންޓް ވޯޓާ އެކުއެވެ.
މޮޅު ކުޅުންތެރިއާގެ އެވޯޑް އަށް ގައުމީ ކޯޗު ރިކީ ހާބަޓް އެއްވަނާގައި ބަޔާންގެ ރޮބެޓް ލެވޯންޑަސްކީ ލިސްޓް ކުރި އިރު ދެވަނަ ދިނީ މެސީ އަށެވެ. އަދި ތިން ވަނަ ދިނީ ތޯމަސް މުލާ އަށެވެ.
އެންމެ މޮޅު ކޯޗަށް ދަގަނޑޭގެ އެއްވަނަ ޕެޕް ގާޑިއޯލާ އަށް ދީފައިވާއިރު ދެ ވަނަ ދިނީ އެތްލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއެގޯ ސިމިއޯނީ އަށެވެ. ތިން ވަނަ ދިނީ ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އަށެވެ.
ރިކީ ހާބަޓްގެ ނަޒަރުގައި ވެސް އެއް ވަނަ ކޯޗަކީ ގާޑިއޯލާ އެވެ. ދެ ވަނަ ސިމިއޯނީ އަށް ދިންއިރު، ތިން ވަނަ ދިނީ ސަމްޕައޮލީ އަށެވެ.
ނަމަވެސް ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބުނީ ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ އަށްށެވެ.