ޓުޓިކޮރިން (ޖެނުއަރީ 12): ޓަމިލް ނާޑުގެ ޓުޓިކޮރިން ސިޓީގެ ގޮނޑުދޮށަށް 100 ވަރަކަށް ބޮޑުމަސް ރޭ ލައްގައިފި އެވެ.

އެ ސަރަހައްދުގެ މަސްވެރިންނާއި އޮފިޝަލުން އެއްގަމަށް ލައްގާފައިވާ ބޮޑުމަސް ކަނޑަށް ބޭރުކުރަން މަސައްކަތް ކުރުމުން އަނެއްކާ ވެސް އެ މަސްތައް އެއްގަމަށް ލައްގަނީ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

"އެހާވަރަށް ގިނަ ބޮޑު މަސް އެއްގަމަށް ލެއްގި ފުރަތަމަ ފަހަރު އެއީ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރުމަށް މެރިން ޕާކަކާއި ފޮރެސްޓް ޑިޕާންޓްމެންޓްގެ ފަރާތުން އަޅުގަނޑުމެން ވަނީ އެދިފައި،" ސީނިއާ ޑިސްޓްރިކްޓް އޮފިޝަލެއް ކަމަށްވާ ރަވީ ކުމާރު ވިދާޅުވި އެވެ.

މައުލޫމާތު: އެންޑީޓީވީ