ފަނޑިޔާރުންނަށް މައްސަލަތަކުން ތަނާޒުލް ވެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އާންމު ސިޓީއެއްގައި ވަނީ އެގޮތަށް ކަނޑައަޅަންޖެހުނީ މިހާރަކަށް އައިސް މަގުބޫލު އުޒުރެއްނެތި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަނާޒުލްވާތީ އަދުލު އިންސާފު ގާއިމްކުރުމުގެ މަސައްކަތަށް ހުރަސްއެޅެމުންދާތީ ކަމަށެވެ.

ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބަލާނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމުގައި ގާނޫނުގައި ކަނޑައަޅާފައިވާއިރު، ފަނޑިޔާރުންނާ ގުޅޭކަންކަން ސުޕްރީމް ކޯޓުން ބަލަމުން އަންނާތީ ބައެއް ގާނޫނީ ވަލީލުން ވަނީ އެ ކޯޓަށް ފާޑުވިދާޅުވެފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ބުނަމުން އަންނަނީ އެ ކޯޓަކީ ރާއްޖޭގެ އަދުލުއިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ބާރު ކަމަށެވެ.