11 Jan 2016, 15:05
މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ޑޭވިޑު ރޮބާޓު ޖޭމްސް ނުވަތަ މަޝްހޫރު ނަމުން ނަމަ ޑޭވިޑު ބޮވީ މަރުވެއްޖެ އެވެ.
ޑޭވިޑުގެ ދަރިފުޅު އަދި ފިލްމު ޑައިރެކްޓަރު ޑުންކަން ޖޯންސް ވަނީ އިއްޔެގެ ވަގުތެއްގައި ވަނީ އޭނާގެ ބައްޕަ މަރުވެފައިވާ ކަން ފޭސްބުކް މެދުވެރިކޮށް އިއުލާނުކޮށްފަ އެވެ.
ހަބަރުތައް ބުނާ ގޮތުން ޑޭވިޑު މަރުވެފައި ވަނީ 18 މަސް ދުވަސް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ފަހުގަ އެވެ. ޑޭވިޑު މަރުވި އިރު އުމުރަކީ 69 އަހަރެވެ.
އޭނަގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި، ލެޓްސް ޑާންސް، ސުޕޭސް އޮޑިޓީ، މޮޑާން ލަވް، ހީރޯސް،އަންޑާ ޕްރެޝާ، ރިބެލް އަދި ލައިފް އޮން މާސް ފަދަ ލަވަތައް ފާހަގަކޮށްލެވެ އެވެ.
ޑޭވިޑް އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން އެކްޓަރެއް ވެސްމެ އެވެ. އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި، ދަ ޕްރެސްޓިޖު، ދަ މޭން ހޫ ފެލް ޓު އާތު ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.
ހަމައެހެންމެ އޭނާ އަކީ ފާހަގަކޮށްލެވޭ ކުރެހުންތެރިއެއް ވެސް މެ އެވެ.