Bangabandhu Gold Cup: #FullTime: Maldives 3-2 Cambodia
Bangabandhu Gold Cup: #FullTime: Maldives 3-2 Cambodia

Last Updated:
10 year 10 month ago

ގޯލްޑް ކަޕް: ރާއްޖެ 3-2 ކެމްބޯޑިއާ

    ބުލޮގު ޚުލާސާ

    ބަންގަބަންދު ގޯލްޑް ކަޕްގައި ރާއްޖެއާއި ކެމްބޯޑިއާ ބައްދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

    15:48އަޙްމަދު މުޖްތަބާ

    ބަންގަބަންދު ގޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ކެމްބޯޑިއާއާ ވާދަކޮށް 3-2 ލަނޑުން ރާއްޖެ މޮޅުވެއްޖެ އެވެ.

    މި މެޗުގެ ފުރަތަމަ ހާފްގައި ކެމްބޯޑިއާ ޓީމުން ގިނަ ހަމަލާތަކެއް ރާއްޖޭގެ ގޯލަށް އުފެއްދި ނަމަވެސް، ރާއްޖޭ ޓީމުން ވަނީ މެޗުގެ 4 ވަނަ މިނިޓްގައި މެޗުގެ ކުރި ހޯދައިފައެވެ. އެލަނޑު ކާމިޔާބުކޮށްދިނީ އިސްމާއީލް އީސާ (މެސީ)އެވެ. އެހެންނަމަވެސް އޭގެ 10 މިނިޓް ފަހުން ކެމްބޯޑިއާގެ ފޯވާޑް ވަންޑެތު ސުން ވަނީ ލަނޑެއް ޖަހައި އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

    މެޗުގެ 37 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށް ރާއްޖޭ ޓީމަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ ހަސަން ނާއިޒު އެވެ. އެހެން ނަމަވެސް ނާއިޒް ލަނޑުޖެހިތާ 4 މިނިޓް ފަހުން ކެމްބޯޑިއާ ޓީމުގެ މިޑްފީލްޑަރު ޑީނާ ޓިޓް ވަނީ ލަނޑެެއް ކާމިޔާބުކޮށް އެޓީމަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

    ދެވަނަ ހާފްގެ ކުޅުން 2-2 ގެ ނަތީޖާއަކުން ފެށިގެން ގޮސް ރާއްޖޭ ޓީމަށް މެޗުން މޮޅުވި ލަނޑު 79 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ނާއިޒު އެވެ.

    --------------------------------------------------------

    ކެމްބޯޑިއާ އާ ދެކޮޅަށް ރާއްޖޭ ޓީމުން ނެރުނު ފުރަތަމަ 11:

    މުހައްމަދު ފައިސަލް (ގޯލްކީޕަރު)، މުހައްމަދު ސާއިފް، އަލީ ސަމޫހް، އަހްމަދު އަބްދުﷲ (ލިލީ)، އިބްރާހީމް ހަސީބު، އިސްމާއީލް އީސާ (މެސީ)، އަސްހަދު އަލީ (ކެޕްޓަން)، ހަސަން ނާއިޒު، ހަމްޒާ މުހައްމަދު (ހަމްޕު)، އަލީ ފާސިރު (ސެންޓޭ)، އަހްމަދު ނާޝިދު (ނައްޓޭ).

    15:45

    މެޗު ނިމިއްޖެ.ރާއްޖެ 3، ކެމްބޯޑިއާ 2.

    15:44

    މެޗުގެ ފުރިހަމަ ވަގުތު ހަމަވެއްޖެ. އިތުރު ވަގުތުގެ 3 މިނިޓް މިހާރު ކުޅެމުން ދަނީ.

    15:37

    މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިވަނީ 4 މިނިޓަށް ވެފައި. ރާއްޖެ މިވަނީ މި މެޗުގައި ތިން ވަނަފަހަށް ލީޑް ނަގާފައި. ރާއްޖޭގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ ކުރީކޮޅުގައި ކާމިޔާބުކޮށްދިނީ އިސްމާއީލް އީސާ (މެސީ) އަދި ފަހު ދެލަނޑު ޖަހައިދީފައި ވަނީ. ހަސަން ނާއިޒް.

    15:34

    ކެމްބޯޑިއާ ކުޅުންތެރީން ރާއްޖޭ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އަޑުބަރޭ ފައިންޖައްސައި ކޯނަރަކަށް ބޭރުކޮށްލީ. މިއީ ކެމްބޯޑިއާއަށް މި މެޗުގައި ލިބުނު 10 ވަނަ ކޯނަރު.

    15:33

    ނާއްޓެ ވަރަށް ރީތިކޮށް ކެމްބޯޑިއާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަށް ނާއިޒް އެރި. އެހެން ނަމަވެސް އޭނާއަށް ބޯޅަ ލިބޭވަރަށްވުރެ މަތިން ބޯޅަ ދިޔައީ.

    15:31

    ކެމްބޯޑިއާ ޕެނަލްޓީ އޭރިޔާ ތެރޭން ހަމްޕު ޖައްސާލި ބޯޅަ ނާއިޒް ވަރަށް ރީތިކޮށް ކޮންޓްރޯލް ކޮށްލާފައި ގޯލަށް ފޮނުވާލީ ކީޕަރު ކައިރިންވެސް ނައްޓާލާފައި.

    15:29

    ރާއްޖެ ލަނޑު ޖަހައިފި. ނާއިޒް ވަރަށް ރީތިކޮށް ގޯލަށް ފޮނުވާލި ބޯޅައެއް.

    15:27

    ކެމްބޯޑިއާ ހާފްގެ މެދަށްވުރެ ޕެނަލްޓީ އޭރިޔާއާ ގާތުން ރާއްޖެއަށް ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބޯޅަ ސީދާ ގޯލްކީޕަރު އަތަށް.

    15:22

    ކެމްބޯޑިއާ ޕެނަލްޓީ އޭރިޔާ ބޭރުން އެޓީމުގެ ގޯލަށް ހަމްޒާ ފޮނުވާލި ބޯޅަ ކީޕަރު އަތަށް.

    15:13

    ކެމްބޯޑިއާއަށް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތެއް. އެޓީމުގެ 7 ނަމްބަރަށް ރާއްޖޭ ޕެނަލްޓީ އޭރިޔާތެރޭން އަރިމަތިން ލިބުނު ބޯޅަ އޭނާ ގޯލަށް ފޮނުވާލި. އެހެން ނަމަވެސް ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށް.

    15:11

    ފުރަތަމަ ހާފްގައި ކެމްބޯޑިއާ ޓީމުން ރާއްޖޭ ގޯލަށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ދެވަނަ ހާފްގައި ރާއްޖޭ ޓީމުން މިވަނީ ކެމްބޯޑިއާ ކޮޅަށް ގިނަ ހަމަލާތަކެއް އުފައްދާފައި.

    15:04

    ކެމްބޯޑިއާ ޕެނަލްޓީ އޭރިޔާ ތެރޭން ސާއިފަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލި ނަވެސް ކެމްބޯޑިއާ ޑިފެންޑަރެއްގެ ފައިގަ ޖެހިފައި ބޯޅަ ގޯލަށް އަމާޒުވާގޮތެއް ނުވި.

    15:00

    ރާއްޖެއަށް ލަނޑު ޖަހާނޭ ފުރުސަތެއް. ނާއްޓޭ ވަރަށް ރީތިކޮށް ކެމްބޯޑިއާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަށް އެރީ ނާއިޒް. އެހެން ނަމަވެސް، ނާއިޒަށް ބޯޅަ ލިބުމުގެ ކުރިން ކެމްބޯޑިއާ ކީޕަރު ބޯޅަ ދިފާއުކުރީ.

    14:58

    ދެވަނަ ހާފް ފެށިއިރުވެސް ދެ ޓީމުން ކުރެ ޓީމަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ

    14:50

    ދެވަނަ ހާފްގެ ކުޅުން ފަށައިފި

    14:48

    ފީފާ ރޭންކިންއަށް ބަލާއިރު، ރާއްޖެ މިހާރު އޮތީ 157 ވަނައި ގައި. ކެމްބޯޑިއާ އޮތީ 181 ވަނައިގައި.

    14:46

    އެންމެ ފަހުން މި ދެޓީމު ބައްދަލުކޮށްފައި ވަނީ 2011 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕްގައި. އެފަހަރު ކެމްބޯޑިއާ އަތުން ރާއްޖެ މޮޅުވީ، 4-0 ލަނޑުން.

    14:44

    ރާއްޖެއާއި ކެމްބޯޑިއާ ވަނީ މީގެ ކުރިން 3 ފަހަރެއްގެ މަތީން ބައްދަލުކޮށްފައި. އޭގެ ތެރެއިން 2 މެޗުން ރާއްޖެ ވަނީ މޮޅުވެފައި، އަނެއް މެޗު އެއްވަރުވީ.

    14:39

    ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ.

    14:38

    ކެމްބޯޑިއާއިން އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފި.އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ޑީނާ ޓިޓް.

    14:37

    ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެއްޖެ. އިތުރު ވަގުތުގެ ގޮތުގައި 2 މިނިޓް.

    14:32

    ކައުންޓާގައި ކެމްބޯޑިއާ ހާފްގެ މެދެއްހާ ހިސާބުން ސެންޓޭ ވަރަށް ރީތިކޮށް ކެމްބޯޑިއާ ޕެނަލްޓީ އޭރިޔާގެ ބޭރުން ނާއިޒަށް ޖައްސާލި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ އެޓީމުގެ ޑިފެންޑަރެއް ކައިރިން ކަޓުވާލާފައި ވަރަށް ރީތިކޮށް ނާއިޒް ފޮނުވާލި ބޯޅަ ގޮސް ވަނީ ގޯލްގެ ތިރީ ކަނަށް.

    14:29

    ރާއްޖެ ދެވަނަ ލަނޑު ޖަހައިފި. ލަނޑު ޖެހީ ނާއިޒް.

    14:26

    ގޯލް ކީޕަރު ފައިސަލްގެ ފަރާތުން މޮޅު ސޭވެއް. ކެމްބޯޑިއާއަށް ރާއްޖޭގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބާރު ހަމަލާ ފައިސަލް ދިފާއުކުރީ ވަރަށް ހުށިޔާރުކޮށް.

    14:24

    މެޗުގެ 32 މިނިޓްގެ ކުޅުން ނިމުނު އިރު، ދެޓީމުން ވެސް މިވަނީ އެއް ލަނޑު ޖަހާފައި.