11 Jan 2016, 14:04
ރޭ ދަންވަރުގެ ވަގުތެއްގައި ސ. ފޭދޫ ގެއެއްގެ ގޯތި ތެރޭގައި ހުރި ސައިކަލެއްގައި ރޯކޮށް ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފިއެވެ.
ފުލުހުން ބުނީ، ރޭ ދަންވަރު 2:30 ހާއިރު ރޯކޮށްލާފައިވަނީ ފޭދޫ އަތިރީގޭ ގޯތިތެރޭގައި ހުރި ޕީސީއެކްސް ސައިކަލެއްގައި ކަމަށެވެ.
އަދި ރޯކޮށްލި ވަގުތު ޕީސީއެކްސް ސައިކަލު ކައިރީގައި ހުރި ވޭވް ސައިކަލަކަށް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.