15 Apr 2011, 13:45
ވިލިމާލޭ މޫދަށް އެރިއުޅުނު ލަންކާ މީހަކު ހާލުދެރަވެ، ހޮސްޕިޓަލްގައި މިއަދު ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
އޭނާގެ ނަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް ބުނީ 29 އަހަރުގެ އެ މީހާ އެ ރަށު އިރުމަތީ ފަރާތަށް މޫދަށް އެރިއުޅެނިކޮށް، ބޭރަށް ދަމައިގަނެ، ގެނބެނެފައި ވަނިކޮށް، އެ ސަރަހައްދުން ދަތުރު ކުރި ފެެރީއަކަށް ނެގި ކަމަށެވެ. އަދި އެ އަށް ފަހު، ފުލުހުންގެ ލޯންޗެއްގައި މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.