10 Jan 2016, 19:58
ބަންގްބަންދު ގޯލްޑް ކަޕްގައި ބަހްރެއިންއާ މުބާރާތް ބާއްވާ ގައުމު ބަނގުލަދޭޝްގެ 23 އަހަރުން ދަށުންގެ ގައުމީ ޓީމު ބައްދަލު ކުރި މެޗް 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެއްޖެ އެވެ.
ބަންގާޅުގެ ޝަމްސުލް ހުދާ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ފުރަތަމަ ލަނޑު ޖެހީ ބަންގުލަދޭޝްގެ ޓީމެވެ.
އެގޮތުން މެޗްގެ 18 ވަނަ މިނެޓްގައި ބަންގުލަދޭޝްގެ ލަނޑު ކާމިޔާބު ކުރީ ޔޫސުފް ސިއްފަތުއެވެ.
ބަހްރެއިން ވަނީ އޭގެ ފަސް މިނެޓް ފަހުން މެޗުގެ 23 ވަނަ މިނެޓްގައި ނަތީޖާ ހަމަ ކޮށްފައެވެ. އެޓީމަށް ލަނޑު ޖަހައިދިނީ ޖާސިމް އަލްޝޭހްއެވެ.
މުބާރާތައް ބްހްރޭނުން ވެސް ވާދަ ކުރަމުން ދަނީ ޒުވާން ޓީމެކެވެ.
މިއަދުގެ މެޗުގައި ރަނގަޅު ފުރުސަތުތައް ގިނައިން ލިބިގެންދިޔައީ ބަންގާޅު ޓީމަށެވެ.
މުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި ކެމްބޯޑިއާއެވެ.