10 Jan 2016, 12:36
ފުުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ނޫސްވެރިން ވަންނަ އިރު ބޭނުންކުރަން ޖެހޭނީ، މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން ދޫކުރާ ފާސްކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ވިދާޅުވީ ފުލުހުންހިންގާ އޮޕަރޭޝަންތަކާއި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުތަކަށް މީޑިއާގެ ފަރާތްތަކުން ދާއިރު ގެންގުޅެން ޖެހޭނީ ބުރޮޑްކާސްޓިން ކޮމިޝަނުން ދީފައިވާ ފާސް ކަމަށެވެ.
"ބަންދުކޮށްފަ އޮންނަ ސަރަހައްދަށާއި ތަންތަނަށް މީޑިއާ ކަވާކޮށް މީޑިއާގެ ބޭފުޅުންގެ ގޮތުގައި ވެދެވަޑައިގަތުމަށް ބޭނުން ކުރަންވާން ވާނީ ހަމައެކަނި އެމްބީސީ އިން ދޫކުރާ ފާސް." އިސްމާއިލް ވިދާޅުވި އެވެ.
ބުރޮޑްކާސްޓިން ކޮމިޝަނުން ވަނީ ނޫސްވެރިން އެކްރެޑިޓް ކުރުމަށް ފަހު މިދިޔަ އަހަރު ތެރޭގައި ފާސްތައް ދޫކޮށްފަ އެވެ.