އެމްޓީސީސީ އިން މިދިޔަ ޑިސެމްބަރު މަހު ބޭއްވި ކަށަވަރު ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

މިދިޔަ މަހު އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި ބޭއްވި އެ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ އަކަށް، ރާފިއު (A013885) ހޮވި، އޭނާ އަށް އިނާމެއްގެ ގޮތުގައި ދީފައި ވަނީ ކަށަވަރު ޝޯރޫމުން ވިޔަފާރި ކުރެވޭ 50،000 ރުފިޔާގެ ވައުޗަރެކެވެ.

މިފަހަރުގެ ޕްރޮމޯޝަންގައި ކޮންމެ ހަފުތާ އަކު ވެސް ގުރުއަތުން ހޮވުނު ނަސީބުވެރިއަކަށް ސުޒުކީ 2.5 ހޯސްޕަވަރުގެ އިންޖީނެއް ވެސް ވަނީ ހަވާލުކޮށްފައިވެ އެވެ. އެގޮތުން މުޅި ޖުމްލަ ހަތަރު އިންޖީނު ހަތަރު މީހަކާ ހަވާލުކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

އެމްޓީސީސީ ޝޯވްރޫމުން ވިއްކި ސުޒުކީ އައުޓް ބޯޑު އިންޖީނުގެ އިތުރުން ކާސްޓުރޯލް، ސިގުމާ އަދި ސުޕެއާ ޕާޓްސްތަކަށް ވެސް ޑިސްކައުންޓްދީފައިވެ އެވެ.

ވޭތުވެ ދިޔަ އަހަރަކީ އެމްޓީސީސީ އަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.