10 Jan 2016, 11:08
މާލޭގައި ހުންނަ ވީލާ ކޮލެޖު ފަޅާލައި ދެ މިލިއަންނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީގެ ތިން ދުވަސް ކުރިން ކޮށްފައިވާ އެވައްކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގް ކުރިއަށްދާ ކަމަށާއި ނަމަވެސް އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
ވިލާ ކޮލެޖުގެ ދެ ތިޖޫރިއެއް ފަޅާލައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ގައެވެ.