ކަންކަމާ މެދު ރަނގަޅަށް ވިސްނާލުމަށް މީހުންނަށް އެހީއެއްގެ ގޮތުން "ވިސްނުމުގެ ހަދިޔާ" އެނަމުގައި ފޮތެއް ނެރި ދިވެހިންނަށް ހަދިޔާ ކުރުމަށް ޕްރޮފެސަރު ހަސަން އުގައިލް ނިންމަވައިފި އެވެ.

ސާފުކޮށް ކަންކަމާ މެދު ވިސްނާލުމަށް މަގުފަހިކޮށްދިނުމަށް ޕްރޮފެސަރު އުގައިލް ފޮތެއް ނެރޭނެކަން އިއުލާނު ކުރައްވާފައި ވަނީ ފޭސްބުކްގަ އެވެ. އުގައިލް ވިދާޅުވެފައި ވަނީ އެފޮތް މިއަންނަ އަހަރު ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިވެހި ބަހުން ނެރޭ އެ ފޮތް، ދިވެހި ރައްޔިތުންނަށް ހިލޭ ލިބޭނެ ކަމަށް އުގެއިލް ވަނީ ވިދާޅުވެފަ އެވެ.

My next book present to Maldivians will be on how to think clearly. "Professor Ugailge Visnumuge Hadhiyaa". Hopefully next year. It will be free too!

Posted byHassan UgailonSaturday, 9 January 2016

ސިއްހީ ގޮތުން ވިސްނަންވީ ބައެއް ކަންކަން ހިމަނައިގެން "ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުންނާނީ ކިހިނެއް؟" އެ މައުލޫއަށް އުގައިލް ލިޔުއްވާފައިވާ ސިއްހީ ހަދިޔާ ފޮތެއް ރޭ ދަރުބާރުގޭގައި ވަނީ އިފްތިތާހު ކޮށްދެއްވައިފަ އެވެ.

ޖެނުވަރީ 9، 2016: ޕްރޮފެސަރު އުގޭލް ގެ "ސިއްހީ ހަދިޔާ" ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު ކިޔުގައި ޖެހިގެން --- ސަން ފޮޓޯ/ ޔޫސުފް ސފްވާން

ފޮތް ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު ރޭ ވަނީ ކިއުގައިޖެހިފަ އެވެ. ޕްރޮފެސަރު އުގައިލްގެ އަމިއްލަ ދިރާސާ އާއި ތަޖުރިބާގެ މައްޗަށް ލިޔެފައިވާ އެ ފޮތުގައި އަލި އަޅުވާލާފައި ވަނީ ދުޅަހެޔޮ ސިއްހަތަކަށް އިންސާނާގެ ދިރިއުޅުން ބައްޓަން ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުންނެވެ.

"ދިވެހިންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ ސާފުސީދާ މައުލޫމާތު ސައިންސްވެރިންގެ ފަހުގެ ދިރާސާތަކާ އެކު މި ފޮރުގައި ހިމެނިފައިވާނެ. ދުޅަހެޔޮ ސިއްހަތަކަށް ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް ފަސޭހައިން ކުރެވިދާނެ ކަނތައްތައް މިފޮތުގައިބަޔާން ކޮށްފައިވޭ،" ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވި އެވެ.

ފޮތުގައި ގިނަ އަދަދެއްގެ ބައްޔާ ބެހޭ ގޮތުން މައުލޫމާތުތަކެއް ވަނީ ހިމަނައިފަ އެވެ. ދެބަޔަކަށް ބަހާލާފައިވާ އެ ފޮތުގައި ދިވެހިންނަށް ދިމާވާ އާންމު ސިއްހީ މައްސަލަތަކުގެ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ.