ވިން ޑީސެލްގެ މަޝްހޫރު ޓްރިޕަލް އެކްސްގެ އެންމެ ފަހުން އުފެއްދުމަށް ހަމަޖެހިފައިވާ ފިލްމަށް "ވެމްޕަޔާ ޑައިރީޒް" އިން މަގުބޫލުކަން ހޯދި ނީނާ ޑޯބްރޭވް އާއި "އޮރެންޖް އިޒް ދަ ނިއު ބްލެކް"ގެ ރޫބީ ރޯސް ގެނައުމަށް ވާހަކަ ދައްކަމުން އަންނަ ކަމަށް ހަބަރުތަކުން ބުނެފި އެވެ.

ޓްރިޕަލް އެކްސްގެ "ރިޓާން އޮފް ޒެންޑާ ކޭޖް" ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަދުކޯން ހޮލީވުޑް އަށް ޑެބިއުޓް ކުރާ ފިލްމު ކަމަށް ގިނަ މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ސީރީޒް ކުޅުން ހުއްޓާލުމަށް ފަހު ނީނާ އަށް އަންނަނީ ގިނަ ފިލްމުތަކަކުން ރޯލުތައް ކުޅުމަށް ފުރުސަތު ލިބެމުންނެވެ. އެގޮތުން "ފައިނަލް ގާލްސް" އާއި "ކްރޭޝް ޕޭޑް" އަކީ ފާހަގަ ކޮށްލެވޭ ދެ ފިލްމެވެ.

ރޫބީ ރޯސް އަކީ އޮރެންޖް އިޒް ދަ ނިއު ބްލެކް އިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެކްޓްރެސްއެކެވެ.

ފިލްމުގެ ޝޫޓިންތައް މިމަހުގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ރިޕޯޓުތަކުން ބުނެފައި ވަނީ އޭނާގެ ޝޫޓިން ފަށާނީ އަންނަ މަހުގައި ކަމަށެވެެ.

ޓްރިޕަލް އެކްސްގެ ދެ ފިލްމު މިހާރު ނެރެފައިވާ އިރު އެ ފްރެންޗައިޒްގެ ދެވަނަ ފިލްމު ނެރެފައި ވަނީ 2005 ވަނަ އަހަރުގަ އެވެ.

ފިލްމުގެ އޮރިޖިނަލް ކާސްޓުން ކަމަށްވާ ސޭމިއުއެލް އެލް ޖެކްސަން ވަނީ އެ ފިލްމަށް އެނބުރި އަންނާނެ ކަމަށް ބުނެފަ އެވެ. އެގޮތުން މި ފިލްމު ވެސް ޑައިރެކްޓު ކުރާނީ ޓްރިޕަލް އެކްސްގެ ކުރީގެ ދެ ފިލްމުވެސް ޑައިރެކްޓު ކުރި ޑީޖޭ ކަރޫސޯ އެވެ.