ކޮލަމްބިއާގެ މަޝްހޫރުގެ މަޝްހޫރު ލެޓިން ޕޮޕް އަދި ހިޕްހޮޕް ލަވަ ކިޔުންތެރިޔާ ޖޭ ބަލްވިން ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖެ އަތުވެއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ އިއްޔެ އެވެ. ރާއްޖެ އައުމުގެ ކުރިން އޭނާ ހުރީ ދުބާއީގައެވެ.

ރާއްޖޭގައި އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ ޑަބްލިއު ރީޓްރީޓް އެންޑް ސްޕާ މޯލްޑިވްސްގައެވެ. ޗުއްޓީ ހޭދަކުރުމުގެ ގޮތުން ރާއްޖެއައި އިންޑިއާގެ މަޝްހޫރު ތަރި ސޯނަމް ކަޕޫރުވެސް ޗުއްޓީ ހޭދަކުރީ އެ ރިސޯޓުގައެވެ.

ހޮސޭ އަލްވާރޯ އޮސޯރިއޯ ބަލްވިން ނުވަތަ ޖޭ ބަލްވިންގެ މިއުޒިކްގެ ހަޔާތް ފެށީ 2004 ވަނަ އަހަރުގައެވެ. ކޮލަމްބިއަން ރެގޭޓަން މިއުޒިކް އިން މި ދާއިރާއަށް ނުކުތް ޖޭ ބަލްވިން ވަރަށް ޒުވާން އުމުރެއްގައި ވަނީ ހިޕްހޮޕްއަށް ހުރި ލޯބި ފާޅުކޮށްފައެވެ.

ޖޭ ބަލްވިން ރާއްޖެ އައިސް މަޑުކުރަނީ ޑަބްލިއު ރީޓްރީޓް އެންޑް ސްޕާ މޯލްޑިވްސްގައި--- ފޮޓޯ: އިންސްޓަގްރާމް

ލެޓިން އެމެރިކާގެ ގިނަ އެވޯޑުތަކެއް ހޯދާފައިވާ ޖޭ ބަލްވިން ވަނީ ޔޫރަޕިއަން މިއުޒިކް އެވޯޑުގައިވެސް މިދިޔަ އަހަރު އެވޯޑެއް ހޯދާފައެވެ. އެގޮތުން ޔޫރަޕިއަން އެވޯޑުގެ އެންމެ މަގުބޫލު ލެޓިން އެމެރިކާގެ އުފެއްދުމުގެ އެވޯޑު އޭނާ ވަނީ ހޯދާފައެވެ.

މިއުޒިކް ކެރިއަރުގައި ޖޭ ބަލްވިން އަށް ގިނަ ބައެއްގެ ސަމާލުކަން ލިބެން ފަށާފައިވަނީ 2014 ވަނަ އަހަރުގައެވެ. މަޝްހޫރު އާޓިސްޓުންނާ ކޮލެބޮރޭޓް ކުރުމަކީ އޭގެ ސަބަބަށް ވާނެއެވެ. އެގޮތުން ކޮލަމްބިއަން އާޓިސްޓެއް ކަމަށްވާ އިންނާ އާއެކު ލަވައެއްގައި ހިމެނިގެން ދިޔުމަކީ އޭނާގެ މަގުބޫލުކަން އިތުރުވެގެން ދިޔަ ކަމެކެވެ. އެއަށްފަހު އޭނާ ވަނީ "މަރޫން ފައިވް" އާއި އާރިއާނާ ގްރާންޑޭ އަދި ޖަސްޓިން ބީބާ ފަދަ މެއިންސްޓްރީމް އާޓިސްޓުންނާ ކޮލެބޮރޭޓް ކޮށްފައެވެ.

ބޮލީވުޑްގެ ތަރި ޖޯން އަބްރަހަމް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު މިދިޔަ ހަފުތާގައި ފުރާފައިވާ އިރު، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑު ބެކަމް އާ އޭނާގެ އާއިލާ އަދި ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންނެވެ. އަދި ހަމައެހެންމެ ރީތީގެ ރާނީ ޖެނިފާ ހޮވްކިންސް ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.