07 Jan 2016, 18:00
ބަނގުލަދޭޝްގައި ހުކުރު ދުވަހު ފަށާ ބަންގަބަންދު ގޯލްޑް ކަޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް، ޒުވާން ގިނަ ކުޅުންތެރިން ތަކެއް ހިމަނައިގެން މިއަދު އިއުލާންކޮށްފިއެވެ.
އިންޑިއާގައި އޮތް ސާފް ސުޒުކީ ކަޕަށް ދިޔަ ކުޅުންތެރިންގެ އިތުރުން މި ސްކޮޑްގައި އަލަށް ވަނީ ނުވަ ކުޅުންތެރިއަކު ހިމަނައިފައެވެ. އެއީ މާޒިޔާގެ އިބްރާހިމް ހަސީބް އާއި މުހައްމަދު ސާއިފް އާއި ގާސިމް ސައްމާމް އާއި، ޓީސީގެ މުރުތަލާ އަދްނާން އާއި އަބްދުﷲ ފަޔާޒް އާއި އިބްރާހިމް ވަހީދު ހަސަން އާއި އާދަމް އިޝާމް އާއި އަހްމަދު ސުހައިލްގެ އިތުރުން އީގަލްސްގެ ހުސެއިން ސިފާއު އެވެ.
ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން ސްކޮޑް އިއުލާން ކޮށްފައިވާ އިރު ގައުމީ ޓީމްގެ ފަރިތަކުރުންތަށް އިއްޔެ ވަނީ ފަށައިފައެވެ. އަދި މިމަހުގެ 8-18 އަށް ބަނުަލަދޭޝްގައި ފަށާ އެ މުބާރާތަށް ގައުމީ ޓީމް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.
ގޯލްޑް ކަޕްގެ ގްރޫޕް ބީގައި ރާއްޖެ އިތުރުން ދެން ހިމެނެނީ ކެމްބޯޑިއާ އާއި ބަޚްރޭނާއި ބަނގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމެވެ. އެ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި ހޯމަ ދުވަހު ނިކުންނާނީ ކެމްބޯޑިއާ ދެކޮޅަށެވެ.
މާޒިޔާ
- އަލީ ސަމޫހް،
- އިސްމާއިލް އީސާ،
- އަސްހަދު އަލީ،
- އަހްމަދު ނާޝިދު،
- އިބްރާހިމް ހަސީބް،
- މުހައްމަދު ސާއިފް،
- އަހްމަދު އިމާޒް،
- ގާސިމް ސައްމާމް
ޓީސީ ސްޕޯޓްސް ކްލަބް
- މުހައްމަދު އިމްރާން،
- އަހްމަދު އަބްދުﷲ،
- މުރުތަލާ އަދްނާން،
- އަލީ ފާސިރު،
- ނާއިޒް ހަސަން،
- އަބްދުﷲ ފަޔާޒް،
- އިބްރާހިމް ވަހީދު ހަސަން
ނިއު ރޭޑިއަންޓް
- ހަމްޒާ މުހައްމަދު،
- އާދަމް އިޝާމް،
- އަހްމަދު ސުހައިލް.
ވެލެންސިޔާ
- ފައިސަލް މުހައްމަދު.
- އީގަލްސް
- ހުސެއިން ސިފާއު،
- އަންސަރު އިބްރާހިމް.