މާލޭގައި ހުންނަ ވީލާ ކޮލެޖު ފަޅާލައި ދެ މިލިއަންނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ވިލާ ކޮލެޖުގެ ދެ ތިޖޫރިއެއް ފަޅާލައި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައި ވަނީ ރޭ ދަންވަރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ ވިލާ ކޮލެޖް ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލައެއް ރޭ ފަތިހު 4:15ގައި ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.