07 Jan 2016, 10:47
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ގޮތްޕެއް ގދ. ތިނަދޫގައި ހުޅުވައިފި އެވެ.
އެމްއައިބީގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒް މުހައްމަދު ޝަފާއު ހަސަން ސަން އަށް ވިދާޅުވީ މިއަދު ތިނަދޫގައި ހުޅުވި އެ ކުންފުނީގެ ގޮފިން އެ ބޭންކުގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދޭނެ ކަމަށެވެ.

އެމްއައިބީގެ ތިނަދޫ ބުރާޗްއިން ހިދުމަތް ދެނީ-- ފޮޓޯ: އެމްއައިބީ
މިއީ އެކުންފުނީގެ ގޮތްޕެއް އަތޮޅު ތެރޭގައި ހުޅުވި ދެ ވަނަ ފަހަރެވެ. އެކުންފުނީގެ ފުރަތަމަ ގޮފި ހުޅުވާލައިވަނީ ސ.ހިތަދޫގަ އެވެ.
ޝަފާއު ވިދާޅުވީ އެ ކުންފުނީގެ ގޮފިތައް އަތޮޅުތެރޭގައި ހުޅުވުމުގެ ބޭނުމަކީ އެ ބޭންކްގެ ހިދުމަތްތައް ވީހާވެސް ގާތުން ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
މިއަހަރު ތެރޭގައި ހުޅުމާލެއާއި ހދ. ކުޅުދުއްފުށީގައި ވެސް އެ ބޭންކުގެ ގޮތްޕެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް ޝަފާއު ވިދާޅުވި އެވެ.