ވޭތުވެދިޔަ އަހަރުގެ އިންޑިއާގައި "މޯސްޓް ވޯންޓެޑު" ނުވަތަ އިންޑިއާގައި އެންމެ މަގުބޫލު ތަރިއަކަށް ބޮލީވުޑްގެ ސުޕަ ސްޓާ ސަލްމާން ހާން ހޮވިއްޖެއެވެ.

ކޮންމެ އަހަރަކު އިންޑިއާގައި ނެރޭ "ދަ ގޫންޖު އިންޑިއާ އިންޑެކްސް"ގެ ވޭތުވެދިޔަ އަހަރުގެ ރިޕޯޓާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން ސަލްމާން ފިޔަވައި ދެވަނަ އަށް އިންޑިއާގައި މިދިޔަ އަހަރު އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމީ ތަރިއަކީ ސަނީ ލިއޯން އެވެ.

އެ ލިސްޓުގެ ތިން ވަނައަށް ދީޕިކާ ޕަދުކޯން ހޮވިފައިވާ އިރު ހަތަރު ވަނަ އަށް ހޮވިފައިވަނީ ކެޓްރީނާ ކައިފުއެވެ.

ވޭތުވެދިޔަ އަހަރަކީ ސަލްމާން އަށް ވަރަށް ކާމިޔާބު އަހަރެކެވެ. އެ އަހަރު ރިލީޒުކުރި އޭނާ ގެ ދެފިލްމު ބަޖްރަންގީ ބައިޖާން އާއި ޕްރޭމް ރަތަން ދަން ޕާޔޯ އަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

ހަމައެއާއެކު ވޭތުވެދިޔަ އަހަރު ސަލްމާން އަށް 50 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަކޮށްފައިވާ އިރު އޭނާ ވެފައިވަނީ ވޭތުވެދިޔަ އަހަރު ބޮލީވުޑްގައި ހުރި އެންމެ އަގުބޮޑު ތަރިއަށެވެ.

ހަަމައެހެންމެ 2002 ވަނަ އަހަރު ސަލްމާން ދުއްވަން އިން ކާރެއް އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލާގައި ޖަލަށް ލާން ކުރި ހުކުމުންވެސް އޭނަ ވަނީ ސަލާމަތް ވެފައެވެ.