މިދިޔަ އަހަރު ހައިކޯޓުން ނިންމާފައި ވަނީ 329 މައްސަލަ ކަމަށް އެ ކޯޓުން ބުނެފިއެވެ.

ހައިކޯޓުން ބުނީ އެކޯޓުން މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އާއިލީ 16 މައްސަލަކަކާއި ވަޒީފާއާ ބެހޭ 21 މައްސަލަ އާއި މަދަނީ 136 މައްސަލަ އާއި ދުސްތޫރީ ހަ މައްސަލަ އަކާއި ޖިނާއީ 158 މައްސަލައެއްގެ އިތުރުން ބެލެނިވެރިކަމުގެ އިޚްތިސާސްއާ ގުޅޭ މައްސަލައެއް ކަމަށެވެ.

މިދިޔަ އަހަރު ހައިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 413 މައްސަލަ ކަމަށް އެ ކޯޓުން ބުންޏެވެ. އެއީ އާއިލީ 17 މައްސަލަ އަކާއި ވަޒީފާއާ ބެހޭ 49 މައްސަލަ އާއި 189 މަދަނީ މައްސަލަ އާއި ދުސްތޫރީ ދެ މައްސަލަ އަކާއި 147 ޖިނާއީ މައްސަލައަކާއި ޓެކުހާ ބެހޭ ތިން މައްސަލައިގެ އިތުރުން ސުޕްރީމް ކޯޓުން ތަޚްވީލު ކުރި ފަސް މައްސަލައެއް ކަމަށް ހައިކޯޓުން ބުންޏެވެ.

މިދިޔަ އަހަރު ހައިކޯޓުން ނިންމި މައްސަލަތަކުގެ ތެރޭގައި މަރުގެ މައްސަލަތައް ވެސް ހިމެނެއެވެ. އަދި މިހާރުވެސް އެ ކޯޓުގައި ނުނިމިހުރި މަރުގެ މައްސަލަތަކެއް އެބަހުއްޓެވެ.