ބާލިން (ޖެނުއަރީ 6): ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލްގެ އޮފީހުން ބޮމެއް ކަމަށް ލަފާ ކުރެވޭ އެއްޗެއް ފެނިއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ބާލިންގައި ހުންނަ ޗާންސެލަރީ އޮފީހުން ބޮމެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިގެން އެ ސަރަހައްދު ބަންދު ކުރުމަށް ފަހު އެ ޕެކޭޖު ތަހުގީގު ކުރަމުންދާ ކަމަށް ޖާމަނީ ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

މަންޒަރުދުށް ފަރާތްތަކުން ވަނީ ބަންދު ކޮށްފައިވާ ސަރަހައްދުން ހަތަރު ޕޯސްޓަލް ކްރޭޓް ފެނިފައިވާ ކަމަށް ބުނެފަ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ޖަރުމަނުގައި އާ އަހަރަށް ޓެރަރިސްޓް ހަމަލާއެއް ދޭން ބަޔަކި އެގައުމަށް ގޮސްފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވަނިކޮށެވެ.