ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފޮޓޯ ނެގުމުން ހައްޔަރުކުރި ސަންގެ ނޫސްވެރިޔާ ދޫކޮށްލައިފި އެވެ.

ފުލުހުން ހައްޔަރުކޮށް ދެ ގަޑިއިރު ފަހުން ދޫކޮށްލީ "ސަން އޮންލައިން"ގެ ޑެޕިއުޓީ އެޑިޓަރު ހުސައިން ހަސަން އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ސަލާމަތީ ސަބަބުތަކަށް ޓަކައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކުން ފޮޓޯ ނުނެގުމަށް ތަކުރާރުކޮށް އެންގުމުން ވެސް ފޮޓޯ ނެގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ހުސައިން އަކީ ސަން އޮލައިންގެ ޑެޕިއުޓީ އެޑިޓަރެއްގެ އިތުރުން މީޑިއާ ކައުންސިލުގެ ވެސް މެމްބަރެކެވެ.